ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން މެރިން ޕޮލިސްގެ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މެރިން ޕޮލިހުން ބުނިގޮތުގައި އިންޖީނު ހުއްޓިފައި ވަނީ އއ. މަހިބަދޫން މާލެއަށް ދަތުރުކުރި ލޯންޗެކެވެ.

Ad
rt

މިއަދު މެންދުރުފަހު 15:49 ހާއިރު މި ލޯންޗްގެ އިންޖީނު ހުއްޓުނުއިރު އޭގައި 6 ފަތުރުވެރިން ތިއްބެވެ.

އެއިރު އެ ލޯންޗް އޮތީ ކ. ރަނާޅިއާއި 14 މޭލު ސަރަހައްދުގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތުދިން ގޮތުގައި، އެ ލޯންޗުގައި ތިބި ފަތުރުވެރިންނާއި ފަޅުވެރިންގެ ހާލު ވެސް ރަނގަޅެވެ. އަދި މެރިން ޕޮލިސްގެ އުޅަނދެއް އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ވެސް މެރިން ޕޮލިހުން ބުންޏެވެ.