ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް ކަނޑައަޅައިދިނުމަށް އެ ގައުމުގެ ދައުލަތުން ކޯޓުގައި އެދިއްޖެއެވެ.

ހަސީނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގެ ކޮލެޖް/ޔުނިވާސިޓީތަކުގެ ދަރިވަރުން އިސްވެ އެކަމަނާގެ ވެރިކަމާ ދެކޮޅަށް ހިންގި އިހުތިޖާޖުތަކުގައި އެ ދަރިވަރުންނާމެދު ހަސީނާގެ ސަރުކާރުން ޢަމަލުކުރި އަނިޔާވެރިގޮތް ތަހުގީގުކުރުމަށްފަހު އެވެ. މި އިހްތިޖާޖުތަކުގައި މިދިޔަ އަހަރު އޯގަސްޓްމަހު ހަސީނާގެ ވެރިކަން ވަނީ ވެއްޓިފައެވެ.

Ad
rt

ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފައިވާ ހަސީނާ ވަނީ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ދަޢުވާގައި ޝަރީޢަތުގެ މަރުޙަލާގައެވެ. ލީކުވެފައިވާ އޯޑިއޯ ކްލިޕެއްގައިވާ ގޮތުން، އެކަމަނާ ވަނީ ސަލާމަތީ ބާރުތަކަށް "މީހަކު މަރާލެވޭ ފަދަ ހަތިޔާރު" ބޭނުންކުރުމަށް އަމުރުކުރަށްވާފައެވެ. ނަމަވެސް އޭނާ މި ދަޢުވާތައް ދޮގުކުރަށްވައެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު ހަސީނާގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައި ހަފުތާތަކުގެ ހަމަނުޖެހުންތަކުގައި 1,400 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މިއީ 1971 ގެ މިނިވަންކަމުގެ ހަނގުރާމައަަށްފަހު ބަންގްލަދޭޝްގައގައި ފެނިފައިވާ އެންމެ ގޯސް އަނިޔާވެރިކަމެވެ.

ޗީފް ޕްރޮސެކިއުޓަރ ތާޖުލް އިސްލާމް ކޯޓުގައި ވަކާލާތުކުރަމުން ވިދާޅުވެފައިވަނީ ހަސީނާއަށް 1,400 މަރުގެ އަދަބު ޙައްޤުވާ ކަމަށެވެ.

"އެހެންނަމަވެސް އެއީ އިންސާނީ ގޮތުން ކުރެވޭނެ ކަމަކަށް ނުވާތީ، އަޅުގަނޑުމެން އެދެނީ މަދުވެގެން އެއް މަރުގެ އަދަބަށް، އޭނާ [ހަސީނާގެ] މަޤްޞަދަކީ އަބަދަށް ވެރިކަމުގައި ހުންނެވުން، އޭނާއާއި އޭނާގެ އާއިލާއަށް ޓަކައި،" އިސްލާމް ބުރާސްފަތި ދުވަހު ކޯޓުގައި ވިދާޅުވިއެވެ.

"އޭނާ ވަނީ ހަރުކަށި ކުށްވެރިއަކަށް ބަދަލުވެފައި، އަދި އޭނާ ހިންގި އަނިޔާވެރިކަމާމެދު އެއްވެސް ހިތާމައެއް ނުކުރޭ،" އޭނާ ވިދާޅުވިއެވެ.

1971 ވަނަ އަހަރުގެ ހަނގުރާމައިގައި ބައިވެރިވި މީހުންގެ ގާތްތިމާގެ މީހުންނަށް ސިވިލް ސާވިސްގެ ވަޒީފާ ކޯޓާ ދިނުމާ ދެކޮޅަށް 2024 ވަނަ އަހަރުގެ ޖުލައި މަހު ފެށި މުޒާހަރާތައް ވަރަށް އަވަހަށް ހަސީނާގެ ވެރިކަން ވެއްޓުމަށް މެދުވެރިވި އާންމުންގެ ހަރަކާތަކަށް ބަދަލުވި އެވެ.

ބަންގްލަދޭޝްގެ ރައްޔިތުން ރިޔާސީ ގަނޑުވަރު ދޮށުގައި، ހަސީނާ އިސްތިއުފާދެއްވައި ފިއްލަވައިފި

މި ހަރަކާތުގައި ބަންގްލަދޭޝްގެ މަޝްރަޙް ވަރަށް ބޮޑަށް ހޫނުވެ، އެންމެ ލޭއޮހޮރުވުން ބޮޑު މަންޒަރުތައް ފެނިގެން ދިޔައީ 5 އޯގަސްޓްގައެވެ. އެއީ ހަސީނާ ހެލިކޮޕްޓަރުގައި ފިލައިގެން ދިޔަ ދުވަހެވެ. އެ ދުވަހު އޭނާގެ ގަނޑުވަރަށް މީހުން ވަދެ އެތަން މުޒާހަރާގެ ބައިވެރިންގެ ބާރުގެ ދަށަށް ގެންގޮސް ހަލަބޮލިކަން ހިންގިއެވެ. އެ ދުވަހު ފުލުހުން ވަނީ ޑާކާގެ މަޝްހޫރު ސަރަޙައްދެއްގައި މަދުވެގެން 52 މީހުން މަރާލާފައެވެ. މިއީ ބަންގްލަދޭޝްގެ ތާރީޚުގައި ފުލުހުންގެ އަނިޔާވެރިކަމުގެ އެންމެ ނުރައްކާތެރި ޙާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ.

ހަސީނާގެ ދިފާޢުގައި ދައުލަތުން ޢައްޔަންކޮށްފައިވާ ވަކީލު ކޯޓުގައި ބުނެފައިވަނީ މުޒާހަރާކުރާ މީހުންގެ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން ފުލުހުން މަޖުބޫރުވެގެން ބަޑި ޖަހަން ޖެހުނީ ކަމަށެވެ.

ހަސީނާގެ މައްޗަށް ޝަރީޢަތް ކުރެވެމުންދަނީ އޭނާގެ ކުރީގެ އެތެރޭގެ ވަޒީރު އަސަދުއްޒަމާން ޚާން ކަމާލް އާއި ކުރީގެ ޕޮލިސް ޗީފް ޗައުދުރީ އަބްދުﷲ އަލް-މަމޫން އާ އެކުގައެވެ. ޕްރޮސެކިއުޓަރުން ވަނީ ކަމާލްގެ މައްޗަށް މަރުގެ ޙުކުމް އެދިފައެވެ. އޭނާވެސް ވަނީ ފިލާފައެވެ. ޗައުދުރީގެ މައްޗަށް ވަކިން ކޮރަޕްޝަންގެ ދަޢުވާތަކެއް ވަނީ އުފުލާފައެވެ.

ބަންގްލަދޭޝްގެ ދެން އޮންނަ އިންތިހާބު ފެބްރުއަރީ މަހު ބާއްވަން ނިންމާފައިވާއިރު، އެ ވޯޓުގައި އެންމެ ކުރީގައި އޮތީ ހަސީނާއާ ވާދަވެރި ޕާޓީ ބީއެންޕީ އެވެ. އެކަމަނާގެ ޕާޓީ އަވާމީ ލީގުގައި އިންތިހާބުތަކުގައި ބައިވެރިވުން ހިމެނޭ ގޮތަށް ހުރިހާ ހަރަކާތެއް ކުރުން ވަނީ މަނާކޮށްފައެވެ.