•  
  •  
  •  
  •  
  •  
  •  

ފިނޭންސް މިނިސްޓްރީން ނިންމާފައިވާ ގޮތަށް ދެ އަހަރުގެ މުއްދަތަކަށް އާ ސީޕްލެން ޓަރމިނަލް ޓީއެމްއޭއަށް ދިނުމަށް ރައްޔިތުންގެ މަޖިލިސްގެ މާލިއްޔަތު ކޮމެޓީއިން ފާސްކޮށްފިއެވެ.

މި މައްސަލައާ ބެހޭގޮތުން، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވާ ގޮތަށް ކޮމިޓީން ފާސްކުރަން ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

 ހުށަހެޅުން ފާސްކުރީ، ކޮމެޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއިއެކު ކޮމިޓީގައި ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެ ހުށަހެޅުމަށް ވޯޓު ނުދެއްވީ، ކޮމިޓީގައި ހިިމެނިވަޑައިގަންނަވާ އިދިކޮޅު ޕީއެންސީގެ، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދާއި އެމްޑީޕީގެ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އެވެ.

މީގެ ކުރިންވެސް ޔައުޤޫބު ވަނީ އެ ގޮތަށް ޓީއެމްއޭއަށް ޓާމިނަލް ދިނުމާ ދެކޮޅު ހައްދަވައި، އެމައްސަލަ މާލިއްޔަތު ކޮމެޓީއިން ބަލާނެ ކަމަށް ވިދާޅުވެފައެވެ.

މިއަދު މަޖިލިސް ކޮމެޓީއިން ފާސްކުރީ ފިނޭންސް މިނިސްޓްރީން ނިންމާފައިވާ ގޮތަށް ދެ އަހަރުގެ މުއްދަތަކަށް 10.35 ޑޮލަރުގެ ރޭޓުން، ޓާމިނަލުން 6،300 އަކަމީޓަރުގެ ޖާގަ ޓީއެމްއޭ އަށް ދިނުމަށް ފެންނަކަމަށެވެ.

ފިނޭންސް މިނިސްޓްރީން ނިންމާފައި ވަނީ، ދެ އަހަރު ދުވަހުގެ މުއްދަތަކަށް، 10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރުގެ ޖާގަ ޓީއެމްއޭއަށް ދިނުމަށްފަހު، މަންޓާއަށްވެސް އެތަނުން މިހާރު ބޭނުން ކުރަމުން އަންނަ ޖާގަ ހަމަ އެ އަދަދަށް ދިނުމަށެވެ. އެއަށްފަހު ބާކީ އޮންނަ 21،000 އަކަމީޓަރު އަލުން ޓެންޑާކޮށް ކުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް ވެސް އެ ނިންމުމުގައި ވެއެވެ.

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ޖާގަ ދިނުމާ މެދު ސަރުކާރުން ނިންމާފައިވާ ނިންމުމަކީ މިހާރު އޮތް ހަމައެކަނި ގޮތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިއަދު ވިދާޅުވެފައެވެ.

1 ޚިޔާލު

  1. ޗަމްޕާ ބޭނުން ގޮތެއް މި ސަރުކާރަށް ހަދާނި…ބޭނުން ފަޅެއް ގިރިއެއްވެސް ހިއްކާނެ

Your email address will not be published.

More in ރާއްޖެ