ޓެކްސީ ޑްރައިވަރު ގާސިމް މަރާލިކަމަށް އިއުތިރާފުވުމަށްފަހު، މައްސަލައިގެ އަވަސް ނިޔާ ޝަރީއަތުގައި ދައުވާ ލިބޭ މުހައްމަދު އަދުހަމް އެ ދައުވާއަށް އިންކާރުކޮށްފިއެވެ.
އޭނާ މިއަދު ޝަރީއަތުގައި ބުނީ އޭނާ ގަސްތުގައި މީހަކު މަރަލާފައި ނުވާކަމަށާއި ގާސިމް މަރާލިކަމަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެކަމަށް އަދުހަމް ބުނެފައިވެއެވެ.
ގާސިމް މަރާލި މައްސަލައިގައި އަދުހަމްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އެ މައްސަލައިގައި މިދިޔަ އަފްތާގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ.
ހުޅުމާލޭގައި ވަޅިން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލީ، ކުލި ދައްކަން ފައިސާ ނެތިގެން ފޭރިގެން ފައިސާ ހޯދަން ނުކުމު އުޅުމުގެ ތެރޭގައި ކަމަށް ގާސިމްގެ ގާތިލު އަދުހަމް މުހައްމަަދު ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!