ލ.ގަމުގައި ދެ ބަޔަކު ދެމެދު ހިނގި ހަމަނުޖެހުމެއްގައި މާރާމާރީ ހިންގާފައިވާ މައްސަލައިގައި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2025 އޮކްޓޯބަރު 7 ވަނަ ދުވަހުގެ ރޭއެވެ.

Ad
rt

ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި 29 އަހަރުގެ ތިން ފިރިހެނުންނާއި، 35 އަހަރުގެ އަންހެނަކާއި، 34 އަހަރުގެ ފިރިހެނެއް ހިމެނެއެވެ. މި ހުރިހާ ފަރާތްތަކަކީވެސް ދިވެހި ރައްޔިތުންނެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި މައްސަލައިގައި އިތުރު ތަފްސީލެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.