ދ. މީދޫގައި 83 އަހަރުގެ ފިރިހެނަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.
ދ. މީދޫގައި 83 އަހަރުގެ ދިވެހި ފިރިހެނަކު މެންދުރު ނަމާދަށް ގޮސް އެންބުރި ނައިސްގެން އާއިލާ ގެ ފަރާތުން ހޯދަމުން ދަނިކޮށް ފެނިފައިވަނީ މޫދުގައި އޮއްވައިކަމަށް ފުލުހުންވަނީ ބުނެފައެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 13:30 އެހައިކަންހާއިރުކަމަށާއި ސިއްހީ މަރުކަޒަށް ގެނައި އިރުވެސް އެމީހާ ނިޔާވެފައިވާކަމަށް މަރުކަޒުން އެމީހާ ބެއްލެވި ޑރ މައުލޫމާތު ދެއްވާފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ އާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!