ގްރީސް ކައިރިން ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވާ ޣައްޒާއަށް އެހީގެ ސާމާނު ގެންދާ ބައިނަލްއަޤްވާމީ ޖީ.އެސް.އެފް (ގްލޯބަލް ސުމޫދު ފްލޮޓިލާ)ގެ އުޅަނދުތަކަށް ރައްކާތެރިކަން ދިނުމަށްޓަކައި އިޓަލީއާ ގުޅިގެން މަސައްކަތްކުރުމަށް ސްޕޭނުން ވެސް ހަނގުރާމަވެރި މަނަވަރެއް ފޮނުވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ބުދަދުވަހު ވިދާޅުވެއްޖެއެވެ.
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ ބޯޓުފަަހަރަށް ހަމަލާދީފައިވަނީ ގްރީސްގެ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ރޭގަނޑެއްގެ ވަގުތެއްގައެވެ. އެހެންވެ އެ އުޅަނދުތައް ރައްކާތެރިކުރުމަށް އިޓަލީވިލާތުން ވަނީ އެޤައުމުގެ ނޭވީގެ މަނަވަރެއް ފޮނުވާނެކަމަށް ބުދަ ދުވަހު ބުނެފައެވެ.
އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވުމަށް ނިއުޔޯކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސްޕޭންގެ ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވީ، މި ފްލޮޓިލާގައި 45 ޤައުމުގެ ރައްޔިތުން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށާއި، އެމީހުން ތަޙައްމަލުކުރާ ތަކުލީފުތަކުގައި ބައިވެރިވުމަށްޓަކައި ދަތުރުކުރަމުންދާ ކަމަށެވެ.
El Gobierno de España exige que se cumpla la ley internacional y que se respete el derecho de sus ciudadanos a navegar por el Mediterráneo en condiciones de seguridad.
Mañana mismo zarpará desde Cartagena un buque de acción marítima equipado con todos los medios por si fuese… pic.twitter.com/FRR6FNMRBV
— Pedro Sánchez (@sanchezcastejon) September 24, 2025
އޭނާ ވިދާޅުވީ، ބައިނަލްއަޤްވާމީ ޤާނޫނަށް އިޙްތިރާމް ކުރުމަށާއި، މެޑިޓެރޭނިއަން ކަނޑުގައި ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ޙައްޤު އެ ޤައުމުގެ ރައްޔިތުންނަށް ލިބިގެންވާކަމަށް ސްޕެއިން ސަރުކާރުން ހަރުކަށިކޮށް އެދޭ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ކާޓަހީނާ އިން ކަނޑުއުޅަނދެއް ފޮނުވާނެ ކަމަށާއި، މި އުޅަނދުގައި ފްލޮޓިލާއަށް އެހީތެރިވުމަށް ނުވަތަ ސަލާމަތީ އޮޕަރޭޝަނެއް ހިންގުމަށް ބޭނުންވާނެ ހުރިހާ ވަޞީލަތްތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
After reports that drones targeted the Gaza-bound Global Sumud Flotilla, Italy sent a navy ship to help the boats. After Italy, Spain just announced it will send a military vessel too
Thank you Italy and Spain. The people of Gaza have the right to aid even under occupation pic.twitter.com/31JqwdfEq4
— Mohamad Safa (@mhdksafa) September 24, 2025
ގްލޯބަލް ސުމުޑް ފްލޮޓިލާގައި 50 އާންމު އުޅަނދު ބޭނުންކޮށްގެން އިސްރާއީލުން ޣައްޒާގެ ކަނޑުގެ ސަރަޙައްދު ބަންދުކޮށްފައިވާ ބަންދު ނަގާލުމަށް މަސައްކަތް ކުރަމުންދާއިރު، މި އުޅަނދުތަކުގައި ގިނަ ޤާނޫނީ ވަކީލުންނާއި، ހަރަކާތްތެރިން، އަދި ސްވިޑަންގެ ތިމާވެށި ހަރަކާތްތެރިޔާ ގްރޭޓާ ތުންބާގް ވެސް ހިމެނެއެވެ.
"މާރޗް ޓު ޣައްޒާ ގްރީސް" ގެ ތަރުޖަމާނު މަރީކައިޓީ ސްޓާސިނޯ ބުނެފައި ވަނީ، ގްރީސްގެ ގަވްޑޯސް ރަށުން 30 ނޯޓިކަލް މޭލު (56 ކިލޯމީޓަރު) ބޭރުން ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރަމުންދިޔަ އުޅަނދުތަކަށް 12 ޑްރޯންގެ ޙަމަލާދީފައިވާ ކަމަށެވެ.
ތުންބާގް ހޯމަދުވަހު ''ރޮއިޓަރސް'' އަށް ބުނެފައި ވަނީ ކޮންމެ ރެއަކުވެސް ޑްރޯންތައް އެމީހުންގެ މަތިން އުދުހެމުންދާ ކަމަށެވެ.
"މި މިޝަންއަކީ ޣައްޒާއާ ގުޅުންހުރި ކަމެއް، އަޅުގަނޑުމެންނާ ގުޅުންހުރި ކަމެއް ނޫން. އަދި އަޅުގަނޑުމެންނަށް ކުރިމަތިވެދާނެ އެއްވެސް ނުރައްކަލެއް ފަލަސްތީނު ރައްޔިތުންނަށް ކޮންމެ ދުވަހަކު ކުރިމަތިވާ ނުރައްކާތަކާ އަޅާކިޔޭވަރެއް ނުވާނެ." އުޅަނދެއްގައި ހުރެ ވީޑިއޯ ކޯލެއް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ތުންބާގް ބުނެފަވެއެވެ.
އިސްރާއީލުން ވަނީ، މި ފްލޮޓިލާއިން ހަމާސްއަށް ނުސީދާކޮށް ތާއީދުކުރާތީ ތަކުރާރުކޮށް ފާޑުކިޔާފައެވެ. ނަމަވެސް، ޑްރޯން ހަމަލާތަކާ ބެހޭގޮތުން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!