ހދ. މަކުނުދޫ ކައުންސިލުން އެރަށު ސްކޫލްގެ ބެލެނިވެރިންނަށް ''ޕޭރެންޓް ހިޔާ''އެއް ތަރައްގީކޮށްދިނުމަށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް ހުޅުވާލަމުން މަކުނުދޫ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 23 ސެޕްޓެމްބަރ 2025 ން 12 އޮކްޓޫބަރ 2025 ގެ ހެނދުނު 09:00 ގެ ނިޔަލަށް https://bit.ly/3LqJZ1j ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށެވެ.

Ad
rt

އެގޮތުން މި ޕްރޮޖެކްޓާއި ބެހޭގޮތުން ބޭއްވޭ ޕްރީ-ބިޑް މީޓިންއެއް 30 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މަކުނުދޫ ކާނިމާލަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓާއި ގުޅޭ ޕްރީބިޑް މީޓިންގައި ބައިވެރިވާ ފަރާތްތަކަށް ބީލަމާއިގުޅޭ މަސައްކަތު ކަރުދާސް 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން ފޮނުވައިދިނުމަށް އެ ކައުންސިލުން އެދިފައިވެއެވެ.

މަކުނުދޫ ކައުންސިލުން އިތުރަށް ބުނެފައިވަނީ، ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 12 އޮކްޓޫބަރ 2025 ވަނަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގައިކަމަށެވެ. އަދި މި މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން 6520038/7789355 ގުޅުމަށް ނުވަތަ ކައުންސިލްގެ އީމެއިލް، procurement@makunudhoo.gov.mv އަށް އީމެއިލް ކުރުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

މަކުނުދޫ ކައުންސިލާއި މަކުނުދޫ ސްކޫލް ގުޅިގެން, ރަށުގެ މުއައްސަސާތަކާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު މަކުނުދޫ ސްކޫލްގައި މިއަހަރު ވަނީ ފުޓްސަލް ދަނޑެއްވެސް ޤާއިމް ކޮށްދީފައެވެ. މި ދަނޑު ވަނީ މިއަހަރުގެ މޭ މަހު ބޭނުންކުރަން ފަށާފައެވެ.