ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1.8 މިލިއަނަށް ވުރެއް ގިނަ ސިނގިރޭޓް މޯލްޑިވިސް ކަސްޓަމްސް ސަރވިސް އިން މިއަދު އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި، މިތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް ބަލައިފާސްކުރުމަށްފަހުއެވެ.
މިގޮތުން މި ޝިޕްމެންޓް ބަލައިފާސްކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ކަމަށް ކަމަށް ކަސްޓަމްސް އިން މައުލޫމާތުދީފައިވެއެވެ.
މީގެ އިތުރުން ކަސްޓަމްސް އިން ބުނެފައިވަނީ، މިތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މި މައްސަލަ ކަސްޓަމްސް އިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!