ހއ. ދިއްދޫ މެގަ ހޯރަ ބޯޓު މާލެ އިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ފަރަށް އަރައިފިއެވެ.

’’ދިއްދޫ އޮންލައިން’’ ފޭސްބުކް ޕޭޖުން ބުނެފައިވާގޮތުގައި މި ބޯޓު އަރާފައި ވަނީ ނ.އަތޮޅުގެ ފަރަކަށެވެ.

Ad
rt

މި ހާދިސާގެ އިތުރު މައުލޫމާތު ހޯދަން ބޯޓަށް ގުޅޭގޮތް ނުވުމުން އިތުރު މައުލޫމާތު ސާފުވާގޮތެެއް އަދި ނުވެއެވެ. އަދި މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ވެސް އެއްޗެއް ނުބުނެއެވެ.

މެގަ ހޯރަ މިހާރު އޮތްކަމަށް ‘ފްލޯމީ’ އިން ދައްކާ ލޮކޭޝަން

މެގަ ހޯރަ މާލޭ ނޯތު ހާބަރުން ފުރީ މިއަދު (21 ސެޕްޓެމްބަރ) ހެނދުނު 11:00 ގައެވެ.

ބޯޓް މިދަތުރުގައި ޕްލޭންކޮށްފައި އޮތްގޮތުންނަމަ 22 ސެޕްޓެމްބަރު ވާ އަންގާރަ ދުވަހު ހެނދުނު ފުރަތަމަ ބަނދަރުކުރަން ނިންމާފައި އޮތީ ހދހަނިމާދޫއަަށެވެ. އެރަށަށް ފަސިންޖަރުން ބޭލުމަށްފަހު ދެން ދާނީ ދިއްދޫއަށެވެ. ހަނިމާދޫ އަދި ވަށަފަރަށް މުދާ ބޭލުމަށް ދާން ނިންމާފައި އޮތީ ދިއްދޫއަށް ފިނިކުރި ސާމާނު އަދި ތަރުކާރީ ބޭލުމަށްފަހުއެވެ.