އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާގެ އައު ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރަ ބައިވެރިވެއްޖެއެވެ.

މި ޕާޓްނަރޝިޕްގެ ދަށުން އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް މާލޭގައި އެންމެ ފަހުން ހުޅުވި މަޝްހޫރު އެއް ހޮޓަލުން ކެއުމާއި އިވެންޓްތަކަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

Ad
rt

ހިތްފަސޭހަ މާހައުލަކާއި، ފެންވަރު ރަނގަޅު ޚިދުމަތްތަކާއި، މޮޅު ކެއުންތަކަށް މަޝްހޫރު ބާސެލޯ ނަސަންދުރައަކީ ހާއްސަ މުނާސަބަތުތައް ފާހަގަކުރުމަށާއި ރައްޓެހިންނާއި އާއިލާއާއެކު އުފާވެރި ވަގުތު ހޭދަކުރުމަށް އެންމެ މަގުބޫލު އެއް ތަނެވެ. މި ޕާޓްނަރޝިޕްގެ ދަށުން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އަމިއްލަ އިވެންޓްތަކަށް ބާސެލޯސް ބުކްކުރުމުގެ ފުރުސަތު ހާއްސަ އަގުތަކެއްގައި ލިބިގެންދާނެއެވެ.

މީގެ އިތުރުން، ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ބާސެލޯސްގެ މަޝްހޫރު އައުޓްލެޓްތަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މި ޑިސްކައުންޓް ލިބޭ ތަންތަނުގެ ތެރޭގައި އަލިމަސް ކެފޭ އެންޑް ލައުންޖް، ބީ-ހެވަން، އަދި އޮއިވަރު ރެސްޓޯރަންޓް ހިމެނެއެވެ.

"އުރީދޫ ކްލަބް ޕްރިމިއާގެ އެންމެ އައު ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރައަށް އަޅުގަނޑުމެން ވަރަށް އުފަލާއެކު މަރުހަބާ ކިޔަމެވެ. މި ޕާޓްނަރޝިޕާއެކު އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ބާސެލޯ ނަސަންދުރާއިން ހާއްސަ އިނާޔަތްތަކެއް ލިބިގެންދާނެ,"

އުރީދޫގެ ސީއީއޯ ހުސައިން ނިޔާޒް ވިދާޅުވިއެވެ.

ބާސެލޯ ނަސަންދުރަ މާލޭގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އެންރިކް ރެއިނާ ވިދާޅުވީ، "އުރީދޫ މޯލްޑިވްސް ކްލަބް ޕްރިމިއަރ ޕްރޮގްރާމްގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. ބާސެލޯ ނަސަންދުރަ މާލެއިން އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންނަށް ހާއްސަ އިނާޔަތްތަކެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ކަމަށެވެ.

އުރީދޫ ކްލަބް ޕްރިމިއާއަކީ އުރީދޫގެ އެންމެ ވަފާތެރި ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުފައްދާފައިވާ ލޯޔަލްޓީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ގިނަ އަދަދެއްގެ ހާއްސަ އިނާޔަތްތަކާއި، ޑިސްކައުންޓްތަކާއި، ތަޖުރިބާތައް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.