ފ. ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ރޭ ބުނެފިއެވެ.

ރޭ 23:59 ހާއިރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ނިލަންދޫ 14 އަހަރުގެ އަންހެންކުއްޖަކު ގެއްލިފައިވާ މައްސަލަ ރޭ (14 ސެޕްޓެމްބަރު 2025) 22:15 ހާއިރު އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Ad
rt

އެ ކުއްޖާ އިއްޔެ ހަވީރު ގެއިން ނުކުތް ގޮތަށް ޚަބަރެއް ވެފައި ނުވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މަސައްކަތް ކުރަމުން ދަނީ ނިލަންދޫ ރައްޔިތުންނާއި އެރަށު ކައުންސިލާއި އަދި ފުލުހުން ގުޅިގެންނެވެ.