ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރިކުރާ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މިއަދު (12 ސެޕްޓެމްބަރ 2025) ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް ހުޅުމާލޭ ފޭސް 1 ގެ ކަނނެލި ޖެޓީ ކައިރީ ހުރި ބިދޭސީއެއްގެ ޢަމަލުތައް ހުރިގޮތުން ޝައްކުވެގެން ވަނީ ބަލާފާސްކޮށްފައެވެ.

Ad
rt

މި މީހާ ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ ސިނގިރޭޓް ފޮށްޓާއި، ދުންފަތާއި، ސިނގިރޭޓް ފިލްޓަރު އަދި ރިޒްލާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި 53,000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އަދި ސިނގިރޭޓް އަންބުރާ ބޭނުންކުރާ ފޮށްޓެއްވެސް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ ސައްދާމް ހުސެއިން (32 އަހަރު) އެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަކެތީގެ ވިޔަފާރިކުރުމަކީ ކުށެކެވެ.