ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް މި މަހުގެ 15 ވަނަަވާ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނިގޮތުގައި މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށަހެޅުމެއް ލިބުމާ ގުޅިގެން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

Ad
rt

މި ޖަލްސާގެ އެޖެންޑާ އަދި މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑެއް ނުކުރެއެވެ.

މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް، މިވަގުތު ވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައެއް ބިލުތަކުގެ މަސައްކަތް ކުރަމުން ދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު"ގެ މަސައްކަތް މިހާރު އޮތީ ކޮމެޓީން ނިންމުމުގެ މަރުހަލާގައެވެ.

މިއަހަރުގެ ބާކީ އޮތް އެންމެ ދައުރަކީ ތިންވަނަ ދައުރެވެ. މި ދައުރުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގައެވެ. އަދި މި ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.