ބުރޫޖް ޕްރީސްކޫލާއި ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ދަރިވަރުންނަށް ސްޓެލްކޯއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީފި އެވެ.
މި ދެ ސްކޫލުގެ ދަރިވަރުން ވަނީ ވަކިވަކިން ސްޓެލްކޯގެ އިންޖީނުގެތަކަށް ޒިޔާރަތްކޮށްފައެވެ.
ބުރޫޖް ސްކޫލުގެ ދަރިވަރުން ސްޓެލްކޯގެ ހެޑް އޮފީހަށް ކުރި ޒިޔާރަތުގައި، މާލޭ އިންޖީނުގެ ދައްކާލުމުގެ އިތުރުން، އިންޖީނުގޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަނީ އެ ދަރިވަރުންނަށް ދައްކާލާފައެވެ. އަދި ސްޓެލްކޯގެ މަސައްކަތްތަކާ ބެހޭ މުހިންމު މައުލޫމާތުތައް ވެސް ވަނީ ދަރިވަރުންނާ ހިއްސާކޮށްފައެވެ.
ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ދަރިވަރުން ޒިޔާރަތްކުރީ ހުޅުމާލޭގެ އިންޖީނުގެއަށެވެ. މި ޒިޔާރަތުގައި ދަރިވަރުންނަށް އިންޖީނުގެ ދެއްކުމުގެ އިތުރުން، އިންޖީނުގޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ސްޓެލްކޯއާ ބެހޭ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
މި ޒިޔާރަތްތަކަކީ ދަރިވަރުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރެވޭ މަސައްކަތްތަކާއި، އިންޖީނުގެތައް ހިންގުމުގައި ގެންގުޅޭ ޓެކްނޮލޮޖީއާއި، އަދި މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ދައުރު އޮޅުންފިލުވައިދިނުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމުގައި ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!