މާލެއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، ‏ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫ ގެއްލިގެން އާއިލާއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

ޝަހުމުﷲ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށް އޭނާގެ އާއިލާ އިން މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 3 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ޝަހުމުﷲ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

ޝަހުމުﷲ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.