ޗެނަލް 13ގެ ޕްރޮގްރާމް ޝެޑިއުލް އެއް ގަޑިއިރަށް މެދުކަނޑާލުމަށް އެ ޗެނަލް ހިންގާ ޑިއާ ރިންގ ޕްރައިވެޓް ލިމިޓެޑަށް މިރޭ އެންގި ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފިއެވެ.

ބްރޯޑްކޮމް އިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން 21 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 08:00 ން 09:00 އަށް ޗެނަލް-13 ގެ ޕްރޮގްރާމް ޝެޑިއުލް މެދުކަނޑާލުމަށް 11 އޮގަސްޓް 2025 ގައި އެ ޗެނަލް ހިންގާ މީޑިއާ ރިންގ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ ކަމަށެވެ.

Ad
rt

''މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއަޅާކަމަށް މި ކޮމިޝަނަށް ފެނިއްޖެހިނދެއްގައި އެ ބްރޯޑްކާސްޓަރަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން'' ބްރޯޑްކޮމް އިން ބުނެފައެވެ.

ޗެނަލް 13ގެ ޕްރޮގްރާމް ޝެޑިއުލް އެއް ގަޑިއިރަށް މެދުކަނޑާލުމަށް އެންގި ސަބަބެއް ބްރޯޑްކޮމް އިން ހާމައެއް ނުކުރެއެވެ. ނަމަވެސް އެ ވަގުތު ދިމާވަނީ ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް މިރޭ ހިންގަވާ ސިޔާސީ ހަރަކާތް ހިންގަވަން ނިންމަވާފައިވާ ވަގުތުގެ ބަޔަކާއެވެ.