ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ބިދޭސީއަކު ޖިންސީ ގޯނާކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ އުތުރުގެ ރަށެއްގައި ހާއްސަ އެހީ އަށް ބޭނުންވާ ދިވެހި އަންހެނަކަށް ބިދޭސީ ފިރިހެނަކު ޖިންސީ ގޯނާކުރި މައްސަލައެއް މިއަދު މެންދުރު 12:00 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށައެޅިފައިވަނީ ނޯތު ސެންޓްރަލް ޑިވިޝަން ހިމެނޭ (ކ،އއ،އދ،ވ) ހިމެނޭ ރަށަކުންކަމަށާއި މިމައްސަލަ ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުންވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިފަދަ ސެންސިޓިވް މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ހާދިސާ ހިނގި އަތޮޅާއި ރަށް ހާމަނުކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!