ފެންކުންފުނިން ދޫކުރާ ފެނަކީ ބޯން ބޭނުންކުރަން ރަނގަޅު ފެނެއް: އެމްޑީ ޝާހު

IMG_20200212_103717

ޤައުމީ ފެން ކުންފުނި، މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ދޫކުރާ ފެނަކީ ބޯން ބޭނުންކުރަން ރަނގަޅު ފެނެއް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ޝާހު ވިދާޅުވީ ފެން ކުންފުނިން މީޓަރު ހަރުކޮށްގެން ދޫކުރާ ފެނަކީ ބުއިމަށް ބޭނުން ކުރަން ރަނގަޅު ފެނެއް ކަމާއި، ޑަބްލިޔުއެޗްއޯގެ މިންގަނޑަށްވުރެ ފެނުގެ ކޮލެޓީ ރަނގަޅުވާނެ ކަމަށެވެ. އަދި އެފެން ބޮއެގެން އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

އެކުންފުނީގެ ކޮލެޓީ ލެބެއް ވިލިނގިލީގައި ހުންނަކަން ފާހަގަ ކުރައްވަމުން ޝާހު ވިދާޅުވީ ކޮންމެ ދުވަހަކު އެލެބުން ފެން ޓެސްޓުކޮށް ކޮންމެ ދުވަހަކު ފެން މޮނީޓަރ ކުރަމުންދާ ކަމަށެވެ. އަދި ފެނުގައި ގޯހެއް އުޅޭނަމަ ވަގުތުން އެނގޭނެ ކަމަށާއި، އެފަދަ ކަމެއް އެނގޭހިސާބުން ކުންފުނިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

ފެނުގެ އަގު ތިރިކުރުމަށް މަސައްކަތްކުރަމުންދާކަން ކަމަށްވެސް ޝާހު ވިދާޅުވިއެވެ. އަދި ކުރިމަގުގައި ފެން އަގުހެޔޮ ކުރެވޭނެ ގޮތްތައް ހޯދޭނެ ކަމަށް އުންމީދުކުރާ ކަމަށާއި، ވާރޭ ފެން ރައްކާކުރެވި، ރިޒަރވް އިތުރުކުރުކޮށްގެން ފެނުގެ އަގު ތިރި ކުރެވިދާނެ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

ޕްރެޝަރުގައި ފެން ނުލިބޭ މައްސަލައާއި ގުޅިގެން ޝާހު ވިދާޅުވީ ޕްރެޝަރުގައި ފެން ލިބޭނީ 03 ވަނަ ފަންގިފިލާއަށް ކަމަށެވެ. އެއަށްވުރެ މައްޗަށް ފެން ނަގާނަމަ ބޫސްޓަރ ޕަންޕު ކުރަންޖެހޭ ކަމަށާއި، އެކަން ކުރުމަށް ފެންކުންފުނިން އެހީތެރިވެދޭނެކަން ޝާހު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނާއި ގާތުން ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

ފެންކުންފުނިން ވޭތުވި އަހަރުވެސްވަނީ ކަސްޓަމަރުންނަށް ލުއިކަން ގެނެސްދިން ގިނަ ޚިދުމަތްތަކައް ތަޢާރުފު ކޮށްދީފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޔާމީނު ދައުރުގަ މިސަރުކާރު މީހުން ލެވި ހަޅޭއް ކޮބާ ؟؟އިންސާނުން ކީއްކުރަން ޖަނަވާރަށް ވެސް ކަމުނުދާނެ ވާހަކަ ކިޔޭ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *