އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ބައެއް އުޅަނދުތައް އައްޑޫއަށް ގެންގޮސްފި އެވެ.

އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އައްޑޫ އެއާޕޯޓު އޮތަސް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބޭނުންވާ ގިނަ އުޅަނދުތަކާއި ވަސީލަތްތައް އައްޑޫ އެއާޕޯޓުގައި ނެތް ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ.

Ad
rt

ހިތަދޫ ބަނދަރަށް އެއާޕޯޓުގެ އުޅަނދުތަކުގެ ފުރަތަމަ ޝިޕްމެންޓް ގެންގޮސް ކްލިއާ ކުރުމަށް ފަހު ގަން އެއާޕޯޓަށް މިހާރު ވަނީ ގެންގޮސްފައެވެ. އުޅަނދުތަކުގެ ތެރޭގައި ބޮޑެތި ފްލައިޓުތައް މަރާމާތުކުރުމަށް ބޭނުންކުރާ އުޅަނދުތަކާއި ލޮރީ އަދި އެހެނިހެން ސާމާނު ހިމެނެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫ އެއާޕޯޓަށް ބޭނުންވާ އިތުރު ސާމާނާއި އުޅަނދުތައް ވެސް ގެންދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.