ލ. ކައްދޫގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް އެ އިދާރާ އަށް ރިޕޯޓްކޮށްފައިވަނީ 15 އޯގަސްޓް 2025 ދުވަހުގެ ރޭ 19:18 ހާއިރު އެވެ.

Ad
rt

ފުލުހުން ބުނި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ލ. ފޮނަދޫ، ގަމަށް ދަތުރުކުރަމުންދިޔަ ސައިކަލެއް، ލ. ކައްދޫ އެއާޕޯޓަށް ދާ މަގުން ޒެބުރާ ކްރޮސްކޮށް މަގު ހުރަސްކުރަން އުޅުނު ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ޒެބުރާ ކްރޮސްކޮށް މަގު ހުރަސްކުރި ދެ އަންހެނުންނަށާއި، ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެ، އެންމެން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ހޮސްޕިޓަލުން ފުލުހުންނަށް ދީފައިވާ މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ، ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.