ހއ. އިހަވަންދޫއަށް އާދަޔާއި ހިލާފަށް އުދައަރާ ގޮނޑުދޮށުގައި ހުރި ބައެއްތަކެތި މޫދަށް ފައިބައިގެން އޮޔާ ދާތީ ސަމާލުވާން އެދެފި އެވެ.

Ad
rt

އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ އެރަށަށް އުދައަރަމުންދާތާ ދެދުވަސް ވެފައިވާކަމަށާއި އެހެން ނަމަވެސް މިއަދު އާދަޔާއި ޚިލާފަށް އުދައަރާތީ ގޮނޑުދޮށުގައި ހުރި ބަޔެއް ތަކެތި ރައްކާތެރި ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.

ރަށުގެ އިރުމަތީ ފަރާތުން އާދަޔާ ޚިލާފަށް އުދަ އަރާ ގިރަމުން ދާތީ، އެ ސަރަހަދުގައި ހުރި ބައެއް ތަކެތި މޫދަށް ފައިބަމުން އެބަ ދޭ. އެ ސަރަހަދުން ދުއްވާ އުޅަންދުފަހަރުން މިކަމަށް ސަމާލު ވުމަށާއި، އަދި މޫދަށް އެރި އުޅުމުގައި ވެސް ސަމާލުވުމަށް ދަންނަވަން

އިހަވަންދޫ ކައުންސިލްގެ އިދާރާއިން އެދިފައިވެއެވެ.