ހދ. ކުޅުދުއްފުށިން ށ. ފުނަދޫއަށް ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ކުމުންދޫ ކައިރިއަށް ބަނޑުންޖަހާލައިފިއެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގައިގެން އެ އިދާރާ އަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 8:55 ހާއިރުއެވެ.
މި ދޯނީގައި ދެ ދިވެހިނގެ އިތުރުން ދެ ބިދޭސީން ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މީހުން ދަތުރުކުރަމުން ދިޔައެވެ.
ދޯނި ބަނޑުންޖެހުމާ ގުޅިގެން އެ ހަތަރު މީހުންވެސް ރައްކާތެރިކަމާއެކު ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!