ޖަނަވާރާއި އިންސާނުން ސިފަވާގޮތަށް ފާލަމާއި މޮނިއުމެންޓް ހެދުމާއި ދުރުހެލިވާންޖެހޭކަމަށް އިބްރާހިމް ރަޝީދު އިސްލާމީ މަރުކަޒުގެ އިމާމް އައްސައިޚް އިބްރާހިމް ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގިނަ ރަށްތަކުގައި ކައުންސިލްތަކުން ވަނީ މޮނިއުމެންޓް ހަދާފައެވެ. އަދި ބައެއް ރަށްރަށުގައި މޮނިއުމެންޓްތައް ހެދުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

Ad
rt

ސައިޚް ރަޝީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަލުޖަނަވާރު، ކަނޑުހައިވާނު ނުވަތަ އިންސާނުން ސިފަވާގޮތަށް ފާލަން، ނުވަތަ މޮނިއުމަންޓް ހެދުމާއި ދުރުހެލިވާންޖެހޭ ކަމަށެވެ.

އެފަދަ ކަންކަމަކީ، މުސްލިމުންގެ ސަގާފަތާ ބީރައްޓެހިކަންކަން ކަމަށް ވެސް ސައިޚް ވިދާޅުވެފަވެއެވެ.

ރަށްރަށުގައި ހަދާ މޮނިއުމެންޓްތައް ގިނައިން ހަދަނީ އެރަށްރަށުގެ ނަމާއި ގުޅުވައިގެންނެވެ. މިގޮތަށް މޮނިއުމެންޓްތައް ހަދާއިރު ބައެއް ރަށްރަށުން ކަނޑުގެ ދިރުމެއްގެ ސިފަވާގޮތައް މޮނިއުމެންޓްތައް ޑިޒައިންކޮށްފަ ހުރެއެވެ.