އއ. މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި މިރޭ އެއްޗެއް ގޮވައިފިއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 މިރޭ 20:45 ހާއިރުއެވެ.

Ad
rt

މިހާދިސާގައި ދެ ބިދޭސީއަކު ފިހިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެ މީހުންނަށް މާޅޮހު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި ދޯނީގައި ގޮވީ ކޮންއެއްޗެއްކަމެއް އަދި ސާފެއް ނުވެއެވެ. އަދި އެއްޗެއް ގޮވުމުގެ ސަބަބުން ދޯންޏަށް ގެއްލުންވިކަމެއް ވެސް ސާފެއްނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭއިރު، މި މައްސަލަ ތަޙްޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ހާދިސާގެ އިތުރު ތަފްސީލުތައް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.