އެންސްޕާގެ އެހީ ލިބިގެން ބޭހަށް ބޭރަށް ފުރާ ބަލިމީހުންނަށް 2000 ޑޮރަރު އަދި އަމިއްލަ ޚަރަދުގައި ބޭހަށް ދާ މީހުންނަށް 1000 ޑޮލަރު ލިބޭގޮތަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ އެކްސްގައި މިއްދު ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ރައީސް ވިދާޅުވެފައި ވަނީ، ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، 1 އޮގަސްޓު 2025 އިން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށްވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާ ކަމަށެވެ.

މީގެ އިތުރުން އަމިއްލަ ޚަަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް މި ތާރީޚުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.