ޑައިވިނަށް ގޮސްއުޅުނު 69 އަހަރުގެ ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
ޅ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަތުރުވެރިއެއް ނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެންދުނު 09:30 އެހާކަންހާއިރު ފުލުހުންނަށް ލިބިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މީހާއަކީ އުމުރުން 69 އަހަރުގެ އޮސްޓްރޭލިއާގެ ފިރިހެން ރައްޔިތެއްކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިމީހާ ގިނަ އިރުތަކެއް ވަންދެން ޑައިވް ކުރުމަށް ފަހު އެއްވެސް ހަރަކާތެއް ނެތި ފެންމަތީގައި އޮތްތަން ފެނުމުން ޑައިވް އިންސްޓްރަކްޓަރ މިމީހާ ޑައިވިންގް ބޯޓަށް ނެގުމަށް ފަހު ސީޕީއާރު އަދި އޮކްސިޖަން ދީފައިވާކަމަށެވެ.
މި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭކަމަށާއި މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!