ކުރީގެ މޮޑެލް ތަކުގެ ފޯނުތައް ސުލޯ ކުރާތީ 27 މިލިއަން ޑޮލަރުން އެޕަލް ކުންފުނި ޖޫރިމަނާކޮށްފި އެވެ.

މަޝްހޫރު އިލްކްޓްރޯނިކް ސާމާނު އުފައްދާ ކުންފުނި އެޕަލް އާއި ދެކޮޅަށް މިކަން ހުށައަޅާފައިވަނީ ފްރާންސްގެ ފްރައުޑް ވޮޗްޑޯގް ޑީޖީސީސީއާރއެފް އިންނެވެ. ވޮޗްޑޯގް އިން މިމައްސަލަ ޖެއްސީ ކުރީގެ މޮޑެލް ތަކުގެ ފޯނު ބޭނުންކުރާ ފަރާތްތަކަށް އެންގުމަކާއި ނުލާ ފޯނު ސުލޯ ކުރާކަމަށް ބުނެއެވެ.

Ad
rt

އެޕަލް އިންވަނީ ޖޫރިމަނާ ދައްކާނެކަމަށް ބުނެފައެވެ. ނަމަވެސް އެޕަލް އިން ބުނެފައިވަނީ ފޯނު ސުލޯވަނީ ބެޓެރީގެ މައްސަލަ ތަކަކުންކަމަށް ބުނެފައެވެ.

2017 ވަނަ އަހަރު އެޕްލް ކުންފުނިން ވަނީ މިމައްސަލައިގައި މާފައްވެސް އެދިފައެވެ. އެޕަލްގެ ފަހުގެ އުފެއްދުންތައް ނެރުމާއި އެކު ކުރީ މޮޑެލްތަކަށް އަންނަ އަޕްޑޭޓްއާއި އެކު ފޯނުތައް ސުލޯ ވުކުގެ ޝަކުވާ އަކީ އެޕަލްގެ އުފެއްދުންތައް ގެންގުޅޭ ފަރާތްތަކުގެ ބޮޑު ޝަކުވާއެކެވެ.

އަލަށް ނިކުންނަ ފޯނުތައް ގަތުމަށް ބާރު އެޅުމިގެ ގޮތުން ކުރީ މޮޑެލަ ތަކުގެ ފޯނު އެކުންފުނިން ގަސްތުގައި ސުލޯ ކުރާކަމަށް ތުހުމަތުކޮށްފައި ވެއެވެ.