ހދ. ނޮޅިވަރަމުގައި ދަނޑުވެރިމުގެ ޕްރޮގްރާމެއް ފަށަން އެރަށު ކައުންސިލުން ޢިއުލާންކޮށްފިއެވެ.

ދަނޑުވެރިންކުރާ ފަރާތްތަކާއި ގޯތި ތެރޭގައި ގަސްހައްދާ ފަރާތްތަކުގެ އިތުރުން ދަނޑުވެރިކަން ކުރަން ޝައުޤު ހުންނަ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގާ އެ ޕްރޮގްރާމް ކުރިއަށްދާނީ މި ހިނގާ ފެބުރުއަރީ މަހުގެ 23 އިން އަންނަ މާރޗް 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad
rt

އެ ޕްރޮގްރާމަކީ ނޮޅިވަރަމު ކައުންސިލާއި، ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ކައުންސިލްގައި ނަން ނޯޓު ކުރުމަށް އެ ކައުންސިލުންވަނީ ފުރުޞަތު ހުޅުވާލައިފައެވެ.

ނޮޅިވަރަމް ކައުންސިލުން ހާމަކުރައްވާ ގޮތުގައި އެ ޕްރޮގްރާމަކީ އެ ކައުންސިލްގެ ފަސްވަނަ އަހަރުގެ ތަރައްޤީގެ ޕްލޭންގައިވާ ގޮތުގެ މަތީން އެރަށުގެ ރައްޔިތުންނަކީ އިޤްތިސާދީ ކެރިފޯރުންތެރިކަން އިތުރުވެ އާމްދަނީ ލިބޭނެ މަގުތައް ފަހިވެފައިވާ ރައްޔިތަކަށް ހެދުމުގެ އަމާޒުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެއަމާޒުގެ ދަށުން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް އެކައުންސިލުންވަނީ ޚާއްސަ އިސްކަމެއް ދީފައެވެ.