ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އުފެއްދުންތެިކަމާއި ވިޔަފާރީގައި އަބުޑީގެ ދަތުރު" ސެޝަންގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މި ސެޝަނަކީ ސިޓީ ކައުންސިލާއި، އެޓްމޮސްފިއަރ ފައުންޑޭޝަން އަދި އަބުޑީ މޯލްޑިވްސް އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެޝަނެކެވެ.

Ad
rt

މި ސެޝަންގެ މަޤުސަދަކީ އުފެއްދުންތެރިކަމާއި ހުނަރު ބޭނުންކޮށްގެން އާމިނަތު ޝިހާނާ (އަބުޑީ) ކުރައްވަމުން ގެންދަވާ ތަފާތު މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދީ، ކުޅުދުއްފުށީގައި ތިބި އެކިދާއިރާތަކުގެ ހުނަރުވެރި ބޭފުޅުންނަށް އެ ހުނަރު ބޭނުންކޮށްގެން ވިޔަފާރީގެ ދާއިރާގައި ކުރިއަށް ދިޔުމަށް މަގުދައްކައިދިނުމަށެވެ.

ޝިޔާނާ (ކ) އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައެއް އުފެއްދުންތަކާއެކު، ފޮޓޯ: އަބުޑީގެ އިންސްޓަ ގްރާމް

އަދި މި ސެޝަންގައި ހިމެނޭ ބައިތަކުގެ ތެރޭގައި އަބުޑީ މޯލްޑިވްސްގެ ތަފާތު އުފެއްދުންތައް ތަޢާރަފުވެގެން އައި ގޮތުގެ ޝައުގުވެރި ވާހަކަތަކަށް އަލިއަޅުވާލައި، ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަދި އަލަށް ވިޔަފާރީގައި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މުހިންމު އުކުޅުތައް ދަސްކޮށްދިނުމުގެ އިތުރުން ސެޝަންގައި އަބުޑީއާއި ސުވާލު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

އެގޮތުން ސިޓީ ކައުންސިލުން މިކަމަށް ފުރުސަތު ހުޅުވާލައި، އެން.އޯ.ސީ ލަގޮނޑި މާލިމީ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވަނީ ފުރަތަމަ ރަޖިސްޓްރީ ކުރައްވާ 80 ބޭފުޅުންނަށް ކަމަށް ބުނެފައިވެއެވެ.

އަދި މި ކަމަށް ޝައުގުވެރިވާ ބޭފުޅުން 19 ޖުލައި 2025 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގެ ކުރިން ރަޖިސްޓްރީ ވުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.