ހދ ކުމުންދޫގައި ފާނަބަސަންދު ފެތުރޭތީ ސަމާލުވާން ކުމުންދޫ ސިއްޙީ މަރުކަޒުން އެދެފި އެވެ.

އެމަރުކަޒުގެ އާންމު ދެންނެވުމެއްގައި ބުނެފައިވަނީ މިދުވަސްވަރު ކުމުންދޫގައި ހަލުވިކަމާއި އެކު ފާނަބަސަންދު ( ޗިކަން ޕޮކްސް ) ފެތުރެމުންދާކަން ވަނީ ފާހަގަ ކުރެވިފައިކަމަށެވެ. އަދި މިބައްޔަކީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށްވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ ކަންތައްތަކަށް ޙާއްސަ ސަމާލުކަމެއް ދެއްވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރާކަމަށެވެ.

Ad
rt

• ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން / ސެނިޓައިޒަރ ބޭނުން ކުރުން
• ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން
• ބަލިޖެހިފައިވާ މީހުން ބަލި ރަނގަޅު ވަންދެން ގޭގައި މަޑުކުރުން
• ބަލިމީހާ އެހެން މީހުންނާއި ވަކިން ގެންގުޅުމާއި، ބަލިމީހާ ބޭނުންކުރާ ތަކެތީގައި ވީވަރަކުން އަތްނުލުމާއި އެތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުން.
• ހުނައައިސް ހަށިގަނޑުގައި ރަތްކުލައިގެ ބިހި ފޮޅު ނެގުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން
• ގިނަގިނައިން މީހުންއެއްވެގެން ކުރިއަށް ގެންދާ ހަރަކާތްތައް މިދުވަސްވަރު ތާވަލް ނުކުރުން.
• ހުންއައިސް ރޯގާޖެހިފައި ތިބޭ ކުދިން ސްކޫލަށް ނުފޮނުވުން.