ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތެއްގެ ގެ ތަޅާލަން ނިންމާފައިވާކަމަށް އިސްރާއީލް އަސްކަރިއްޔާއިން ބުނެފިއެވެ.
ފަލަސްތީނުގެ މީހެއްގެ ގެ ތަޅާލައި ބިންފޭރިގަންނާނެކަން އިސްރ
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އަބްދުލް ރަހީމް އަލް-ހައިމޯނީގެ ގެ ތަޅާލުމަށް ނިންމައި އިސްރާއީލް ސިފައިން ވަނީ އެކަން ޢިއުލާންކޮށްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލްގެ ސިފައިން ވަނީ ޓެލް އަވީވްގައި މީހުން މެރުމުގެ ހަމަލާއެއް ދިން ކަމުގެ ތުހުމަތު އަލް-ހައިމޯނީގެ މައްޗަށް ކޮށްފައިވެއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ހަމަލާދޭ މީހުންގެ ގެތައް ތަޅާލުމުގެ އިސްރާއީލްގެ ސިޔާސަތަކީ މުޅި އާއިލާއަށް އަދަބު ދިނުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އިސްރާއީލުން ބުނެއެވެ. ނަމަވެސް އެއީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ކުށްވެރިކުރަމުން އަންނަ ކަމެކެވެ.
އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރި (އިރުމަތީ ގުދުސް ހިމެނޭ ގޮތަށް) އާއި ޣައްޒާގެ ބިންތައް ހިފައި ފޭރެން ފެށީ 1967 ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައަށް ފަހު އެވެ.
1948 ވަނަ އަހަރުގެ އަރަބި އިސްރާއީލުގެ ހަނގުރާމައާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވި ހާލަތް މެދުވެރިވެފައިވުމުން ބޮޑެތި ސަރަހައްދީ ބަދަލުތައް އައިސްފައިވީނަމަވެސް، ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ ހުޅަނގު އައްސޭރިއާއި ޣައްޒާ ފަލަސްތީނުގެ ވަކި ސަރަހައްދުތަކެއްގެ ގޮތުގައި އިސްރާއީލުން ހިސޯރުކުރުން ފެށީ 1967 ވަނަ އަހަރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!