އަމިއްލަ ނަފްސަށް ގެއްލުން ދިނުގެ ހާދިސާއަކާއި ގުޅިގެން ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރެވިގެން، ހިޔާ ޓަވަރު 9 ގައި މިވަގުތު ފުލުހުންގެ އެކި ޓީމުތަކުން ވަނީ މަސައްކަތް ފަށާފައެވެ.
މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމަށާއި، ކަށަވަރު ނުކުރެވޭ މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން މި ހާދިސާއާ ގުޅޭ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ޝާއިޢު ނުކުރެއްވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!