އީރާނުގައި ޖާސޫސްކުރުމުގެ މަސައްކަތުގައި އުޅުނު ހަތް މީހަކު ހައްޔަރުކޮށްފިއެވެ.
އިރާނުގެ ފާރްސް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިރާނުގެ ދެކުނުގައި އޮންނަ ހޯމޯޒްގާން ޕްރޮވިންސްއިން ޔޫރަޕަށް ނިސްބަތްވާ ޤައުމެއްގެ ރައްޔިތަކު ވަނީ ހައްޔަރުކޮށްފައެވެ.
އެ މީހާ ހައްޔަރުކޮށްފައިވަނީ ސަލާމަތީ އަދި ސިފައިންގެ ސަރަހައްދުތަކުން ޖާސޫސީ ކުރިކަމުގެ ތުހުމަތުގައި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މިއަދު އިރާނުގެ ސަރުކާރުގެ މީޑިއާއިން ހާމަކުރި ގޮތުގައި، އިޒްރޭލުގެ މޮސާޑަށް ޖާސޫސީ ކުރިކަމުގެ ތުހުމަތުގައި ހަމްދާން ޕްރޮވިންސްއިން އިތުރު 6 މީހުން ހައްޔަރުކޮށްފައިވެއެވެ.
އިޒްރޭލާއެކު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، އިޒްރޭލަށް ޖާސޫސީ ކުރިކަމުގެ ތުހުމަތުގައި އެތައް ބަޔަކު ހައްޔަރުކޮށް، އަދި އެތައް ބަޔަކު އަދަބު ތަންފީޒުކޮށްފައިވެއެވެ.
އިސްރާއީލުން އީރާންގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކުގައި ޖާސޫސުންގެ ދައުރު ބޮޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!