ވަގަށް ނަގާފައިވާ ސައިކަލަކާއި ފޯނުތަކަކާއި އިތުރު ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މިއަދު ބުނީ ވަގަށް ނަގާފައިވާ ސައިކަލަކާއި ފޯނުތަކަކާއި އިތުރު ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

މި މައްސަލާގަައި ފުލުހުން ހައްޔަރުކޮށްފައި ވަނަި ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39 އަހަރު) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 13 ވަނަ ދުވަހު މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި އޭނާ އެވަގުތު އަރައި އިންސައިކަލުގައި ތަޅުދަނޑި ޖަހާފައިހުރުމުން އިތުރަށް މައުލޫމާތު ސާފުކުރުމުން އެސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގުމާ ގުޅިގެންކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ، ފުލުހުން ވަނީ އޭނާ ބަލައިފާސްކޮށްފައެވެ. އޭނާ ބަލާފާސްކުރިއިރު ވަގަށް ނަގާފައިވާ ފޯނުތަކެއް ފެނިފައިވާކަަމަށް ފުލުހުން ބުނެއެވެ.

އޭނާގެ އަތުން ފެނުނު މި ފޯނުތަކަކީ ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏަކުން ވަގަށް ނަގާފައިވާ ފޯނުތަކެއްކަން މިހާތަނަށް އެނގިފައިވޭ، އަދި އެނާ އެވަގުތު އަރައި އިން ސައިކަލުގެ މަޑިދަށް ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ގްރިޑަރަކާއި ސޭންޑަރަކާއި އިތުރު ތަކެތި ފެނިފައިވޭ’’ ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.