އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވަރ ޤައުމެއްގެ ގޮތުގައި ފަލަސްޠީން ބަލައިގަތުމަށް މިއަދު ފާސްކޮށްފިއެވެ.

މަސައްކަތްތެރިންގެ ހައްގު ހޯދުމަށް މަސައްކަތް ކުރާ އެކުވެރި ދައުލަތްތައް (އދ)ގެ ޖަމިއްޔާގެ އޮބްޒާވަރ ޤައުމެއްގެ ގޮތުގައި ފަލަސްޠީން ބަލައިގަތުމަށް ފާސްކޮށްފައިވަނީ 113 ވަނަ ބައިނަލްއަޤްވާމީ ލޭބަރ ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ ވޯޓުގައެވެ.

Ad
rt

މި ވޯޓުގައި ފަލަސްޠީނާ އެއްކޮޅަށް 386 ވޯޓު ލިބުނު އިރު، ދެކޮޅަށް ލިބިފައިވަނީ އެންމެ 15 ވޯޓެވެ.

ދިވެހިރާއްޖެއިންވެސް މި ވޯޓުގައި ބައިވެރިވެ، ފަލަސްޠީނާ އެއްކޮޅަށް ވޯޓުދީފައިވާކަން ފާހަގަކުރެވެއެވެ. މި ތާރީޚީ ނިންމުމަށް ރާއްޖެއިން ތާއީދުކާއީދުކޮށް ވޯޓުދީފައިވާތީ، މިއީ ވަރަށް އުފާވެރި ކަމެއްގެ ގޮތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުން ވަނީ ފާހަގަކުރައްވާފައެވެ.

113 ވަނަ ބައިނަލްއަޤްވާމީ ލޭބަރ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަހުމަދެވެ. ވަޒީރު ވަނީ މި ކޮންފަރެންސްގެ ތެރެއިން ފަލަސްޠީނުގެ ވަފުދުގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަދި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންގެ ހައްޤުގައިކަމަށް ވަނީ ވިދާޅުވެފައެވެ.

އައިއެލްއޯ އަކީ 54 އަހަރު ވެފައިވާ ދުވަސްވީ ބައިނަލްއަގްވާމީ ޖަމިއްޔާއެވެ.