ޗައިނާއިން އަންނަ ޕޯސްޓަކުން ކޮރޯނާ ވައިރަހެއް ނުއަރާނެކަމަށާއި އެއަށްވުރެ މާކުރިން އޭތި މަރުވާނެކަމަށް ޑރ އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
މެލޭޝިޔާގެ ހެލްތު މިނިސްޓްރީއިން ކުރެއްވި ޓުވީޓެއް ހިއްސާ ކުރައްވާ ލިޔެފައިވަނީ ޑރ ފައިސަލް ބުނެފައިވެއެވެ.
މެލޭޝިޔާގެ ހެލްތު މިނިސްޓްރީން ކޮށްފައިވާ ޓުވީޓުގައި ވަނީ ރައްޔިތުން ހޭލުން ތެރިކުރުމަށް ކޮށްފައިވާ ސުވާލާއި ޖަވާބެއް ހިމަނުއްވާފައެވެ.
ޗައިނާއިން އަންނަ ޕޯސްޓަކުން ކޮރޯނާ ވައިރަހެއް ނުއަރާނެ. އެއަށްވުރެ މާކުރިން އޭތި މަރުވާނެ https://t.co/O44V5Jnghv
— Ahmed Faisal (@Faisalnaifaru) February 2, 2020
ސުވާލުގައި ވަނީ ޗައިނާއިން އަންނަ ސިޓީ އާއި ޕެކޭޖް އަކީ ރައްކާތެރިއެއްޗެއްތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ބުނެފައިވަނީ އެފަދަ ތަކެތި ރައްކާތެރިވާނެކަމަށެވެ. ޗައިނާއިން ގެންނަ ޕެކޭޖް ލިބޭ ފަރާތްތަކަށް ކޮރޯނާ ވައިރަސް ޖެހުމުގެ ފުރުޞަތު ނެތް ކަމަށެވެ. މިވައިރަސް އަކީ ސިޓީ އަދި ޕެކޭޖް ކަހަލަ ތަކެތީގައި އެހާގިނައިރު ދިރިހުރެވޭއެއްޗެއް ނޫންކަމަށް އެންމެ ފަހުންކުރި ދިރާސާތަކުން ދައްކާކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!