ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ކަނބަލުންނަށް ހުޅުވާލައިގެން ބާއްވާ "ތިލައުތުރު ވޮލީ މުބާރާތް 2025" ރޭ ފަށައިފިއެވެ.

އަތޮޅު ކައުންސިލުން މި މުބާރާތް ހޯސްޓް ކުރާނެ ރަށެއް ހޯދުމަށް ހުޅުވައިލުމުން ޕްރޮޕޯސަލް ހުށަހެޅި ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދައިގެން ޕްރޮޕޯސަލް ކާމިޔާބުކުރީ ހޯރަފުށި ކައުންސިލުންނެވެ.

Ad
rt

މިގޮތުން ހޯރަފުށީގައި ކުރިއަށްދާ މި މުބާރާތް ފެށުމަށް ވަނީ ވަރަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ހަވާ އެރުވުން ވެސް އޮތެވެ.

ތިލަ އުތުރު ވޮލީ ބޯޅަ މުބާރާތް ފެށުން، ފޮޓޯ: ހޯރަފުށީ ކައުންސިލް

މު މުބާރާތް ހުޅުވި މެޗުގައި ކުޅެފައި ވަނީ މުބާރާތް ބާއްވާ ރަށް ހޯރަފުއްޓާއި މިދިޔަ އަހަރުގެ ޗެމްޕިއަން މުރައިދޫ އެވެ. މި މެޗް ޝަރަފްވެރިކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ޞަބާޙް އެވެ.

ތިލަ އުތުރު ވޮލީ ބޯޅަ މުބާރާތް ފެށުން، ފޮޓޯ: ހޯރަފުށީ ކައުންސިލް

ފުރަމަ މެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައި ވަނީ ވެސް އެންމެ ފަހުގެ ޗެމްޕިއަން މުރައިދޫއެވެ. މުރައިދޫ މި މެޗްގެ ތިން ސެޓްގެ ތެރެއިން ފުރަތަމަ ދެ ސެޓް ގެންދިޔައީ 18-25 އިންނެވެ. ފަހު ސެޓް ގެންދިޔައީ 16-25 އިންނެވެ.

ތިލަ އުތުރު ވޮލީ ބޯޅަ މުބާރާތް ފެށުން، ފޮޓޯ: ހޯރަފުށީ ކައުންސިލް

މި މުބާރާތުގެ ދެވަނަ މެޗު ގައި އިހަވަންދޫ ވަނީ ހޯރަފުށީގެމައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދާފައެވެ. އިހަވަންދޫ ސެޓްތައް ގެންދިޔައީ 25-7، 25-14 އަދި 25-22 އިންނެވެ.

މި މުބާރާތުގެ ތިންވަނަ މެޗު މިރޭ ކުރިއަށްދާއިރު މި މެޗުގައި ބައްދަލުކުރަނީ މުރައިދޫ އާއި ދިއްދޫ އެވެ.

ތިލަ އުތުރު ވޮލީ ބޯޅަ މުބާރާތް ފެށުން، ފޮޓޯ: ހޯރަފުށީ ކައުންސިލް

މި މުބާރާތުގައި ބައިވެރިވެފައި ވަނީ މުރައިދޫ، ބާރަށް، ހޯރަފުށި، އިހަވަންދޫ، ދިއްދޫ، މާރަންދޫ އަދި މޮޅަދޫ އެވެ.

މިއީ މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތް ބާއްވާފައިވަނީ އެ އަތޮޅު މުރައިދޫގައެވެ.