އެމްއައި ކޮލެޖުން ކުޅުދުއްފުށި ސިޓީ ކައުންސިލަށް 200 ސްޕެނިޝް ޗެރީ ގަސް ހަދިޔާކޮށްދެއްވައިފިއެވެ.
އެގޮތުން އެމްއައި ކޮލެޖުން މި ގަސްތައް ހަދިޔާކޮށްދެއްވާފައިވަނީ " ފިނިފެހި ސިޓީ" ގެ އިނިޝިއޭޓިވްގެ ދަށުން ފިނިފެހި މާދަމާއަށްޓަކައި ގަސްމުޑުވަށް ކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ހުޅުވި ނާސަރީއަށެވެ.
މި ގަސްތައް ހަދިޔާކޮށްދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތައް ސިޓީ ކައުންސިލުގެ ފަރާތުން ގަސްތަކާ ހަވާލުވެފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ކައުންސިލް މެންބަރ، ޢާތިފާ އަލީ އެވެ.
ސިތީ ކައުންސިލުން ވަނީ އެމްއައި ކޮލެޖުން ސިޓީގެ ފިނިފެހި ނާސަރީއަށް ހަދިޔާކޮށްދެއްވާފައިވާ އަގުހުރި ގަސްތައް ބަލައިގަނެ، އެމްއައި ކޮލެޖަށް ވަރަށް ޙާއްސަ ޝުކުރެއް ދަންނަވާފައެވެ.
މިފަދައިން ރަށުގައި ޤާއިމްކޮށްފައިވާ ނާސަރީގައި މުޑުވަށް ކުރެވޭ ގަސްތައް ރަށުގެ އެކި ހިސާބުތަށް ފެހިކޮށް ފިނިކުރުމަށް އިންދުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!