ރަޝިއާއާއި ޔޫކްރެއިން އިން އިސްތަންބޫލްގައި ބޭއްވި ސުލުހައިގެ މަޝްވަރާތަކުގެ ފުރަތަމަ ބުރަށްފަހު ގިނަޢަދަދެއްގެ އަސީރުން ދެގައުމުންވެސް މިނިވަން ކުރަން އެއްބަސްވެއްޖެކަމަށް ޔުކްރެއިންގެ ދިފާޢީ ވަޒީރު ވިދާޅުވެއްޖެއެވެ.
ޔުކްރެއިންގެ ދިފާޢީ ވަޒީރު ރުސްތަމް އުމެރޮވް ހުކުރު ދުވަހު ހާމަކުރެއްވި ގޮތުގައި، ރަޝިޔާ އަދި ޔުކްރެއިން ދެ ޤައުމުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ގިނައަދަދެއްގެ އަސީރުން އެއްފަހަރާ މިނިވަން ކުރުމަށް ވަނީ އެއްބަސްވެފައިވެއެވެ.
އިސްތަންބޫލްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އުމެރޮވް ވިދާޅުވީ، މި އެއްބަސްވުމަކީ ބައްދަލުވުމުގެ މައިގަނޑު ނަތީޖާ ކަމަށާއި، ގައިދީން ބަދަލުކުރާނެ ތާރީޚެއް ކަނޑައެޅިފައިވީ ނަމަވެސް މިވަގުތު އެ މަޢުލޫމާތު ހާމައެއް ނުކުރެވޭނެ ކަމަށެވެ.
"ބައްދަލުވުން ނިމިއްޖެ. އަޅުގަނޑުމެން ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލުކުރުމާ ބެހޭގޮތުން މަޝްވަރާކުރީމު. މިވަގުތު، އަޅުގަނޑުމެން 1,000 ގައިދީން 1,000 ގައިދީންނާ ބަދަލުކުރުމަށް އެއްބަސްވެފައިވަނީ. މިއީ އަޅުގަނޑުމެންގެ ބައްދަލުވުމުގެ ނަތީޖާ،" އޭނާ ވިދާޅުވިއެވެ.
އުމެރޮވް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޔުކްރެއިންގެ ވަފުދަށް އެގައުމުގެ ރައީސްގެ ފަރާތުން ލިބިފައިވާ އިރުޝާދަކީ ހަނގުރާމަ ހުއްޓާލުމަށާއި ގައިދީން ބަދަލުކުރުމަށް މަސައްކަތްކުރުމަށެވެ.
މި ބައްދަލުވުމަކީ ތުރުކީ، ރަޝިޔާ އަދި ޔުކްރެއިންގެ މެދުގައި ބޭއްވުނު ތިންފަރާތުގެ ބައްދަލުވުމެއް ކަމަށްވާއި، މި ބައްދަލުވުމުގެ މަޤްޞަދަކީ މޮސްކޯ އަދި ކީވް ދެމެދު ސުލްޙަ ޤާއިމުކުރުމަށް މަސައްކަތްކުރުން ކަމަށް ވެއެވެ. މި ބައްދަލުވުން ބޭއްވުނީ އިސްތަންބޫލްގައި ހުންނަ ޑޮލްމަބަހްޗެ ރިޔާސީ ގަނޑުވަރުގައި މެއި 16، 2025 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!