ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ މެންބަރުކަމަށް މ.ހާވިލާ، މޫސާ ރިޟްވާން ޢައްޔަންކުރައްވައިފިއެވެ.

މޫސާ ރިޟްވާނަކީ 2016 ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.

Ad
rt

އޭނާ ވަނީ 2009 ވަނަ އަހަރުން ފެށިގެން މީޑިޔާ އާއި މީޑިޔާ ހިންގުމުގެ ދާއިރާގައި ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން، މޫސާ ރިޟްވާން ވަނީ ބައިނަލްއަޤްވާމީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެން މުޅި ރާއްޖޭގައި ހިންގި މުހިންމު މަޝްރޫޢުތަކެއްގައި އިސް ދައުރެއް އަދާކުރައްވާފައެވެ. މީގެ ތެރޭގައި ފެންނާރު މަޝްރޫޢު، މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެޒިލިއެންސް ޕްރޮޖެކްޓް، އަދި ސްޓްރެންތެނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް (އެލް.ސީ.އީ.އައި) މަޝްރޫޢު ހިމެނެއެވެ.