އޮޅުހިޔާ ފެސިލިޓީގެ ނަން ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުވާނީ 1.2 ބިލިއަން ރުފިޔާ ކަމަށް މިއަދު ދެންނެވުނީ އޮޅުމަކުންކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އޮޅުހިޔާ ފެސިލިޓީގެ ނަން ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އޭގެ ފަހުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ރަސްމީ މީސް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ވަޒީރު ދެއްވި ވީޑިއޯ މެސެޖެއްގައި އޮޅުހިޔާ ފެސިލިޓީގެ ނަން ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުވާނީ 1.2 ބިލިއަން ރުފިޔާ ކަމަށް މިއަދު ދެންނެވުނީ އޮޅުމަކުންކަމަށް ވަނީ ވިދާޅުވެފައެވެ.
"ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްޒަތްތެރި މެންބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ނަން ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުވާނީ 1.2 ބިލިއަން ރުފިޔާ ކަމަށް އަޅުގަނޑަށް ދެންނެވުނީ އޮޅުމަކުން. ރަނގަޅު ގޮތަކީ ނަން ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުވާނީ 1.2 މިލިއަން ރުފިޔާ. އެހެންކަމުން މިކަމަށް މަޢާފަށް އެދި ރަނގަޅު ގޮތް ދަންނަވާލަން" ވަޒީރު ވިދާޅުވެފަވެއެވެ.
ވަޒީރު މިއަދު ވިދާޅިވިގޮތުގައި އޮޅުހިޔާ ފެސިލިޓީއަށް 2000 ބުޅަލުގެ ނިސްބަތުން އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މިގޮތުން ނަން ރިކަރަންޓް ޚަރަދުގެ .2 މިލިއަން ރުފިޔާ އަދި ފެެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް 5416 ރުފިޔާ ޚަރަދުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!