ފްރާންސް ލީގުގެ މި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އޮސްމާން ޑެމްބެލޭއަށް ލިބިއްޖެއެވެ.

މުޅި ސީޒަންގައި ވެސް ޕީއެސްޖީގައި މޮޅު ކުޅުމެއް ދެއްކި ޑެމްބެލޭވަނީ ހުރިހާ މުބާރާތެއް ހިމެނޭހެން ކުޅުނު 46 މެޗުގައި 33 ލަނޑު ޖަހައިދީފައެވެ. އޭގެތެރޭގައި ލީގުގައި ކުޅުނު 28 މެޗުން ޖެހި 21 ލަނޑު ވެސް ހިމެނެއެވެ.

Ad
rt

ޕީއެސްޖީން ފްރާންސް ލީގާއި ފްރެންޗް ކަޕް ވެސް ކާމިޔާބު ކޮށްފައިވާއިރު އެ ޓީމް ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ވެސް ޖާގަ ހޯދާފައެވެ. ފްރާންސް ލީގުގެ ތަށި ޕީއެސްޖީން އުފުލައިލީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ޗެމްޕިއަންސް ލީގު ފައިނަލުގައި އެ ޓީމް ވާދަކުރާނީ އިންޓަ މިލާނާއެވެ.

ފްރާންސް ލީގުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޕީއެސްޖީއަށް ކުޅެމުން އަންނަ އިޓަލީ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރޫމާއެވެ.