ޕާކިސްތާނުން ހުރިހާ ވައިގެ ދަތުރުތަކަށް އެ ޤައުމުގެ އެއަރ ސްޕޭސް ހުޅުވާލައިފިއެވެ.
ޕާކިސްތާނުގެ އެއަރޕޯޓްތަކުގެ އޮތޯރިޓީން ބުނެފައިވަނީ އެ ޤައުމުގެ އެއަރ ސްޕޭސް ހުރިހާ ވައިގެ ދަތުރުތަކަށް ފުރިހަމައަށް އަލުން ހުޅުވާލެވިފައިވާ ކަމަށެވެ.
މި ބަޔާން ނެރެފައިވަނީ ޕާކިސްތާނާއި އިންޑިއާ ގިނަ ދުވަސްތަކެއްގެ ހަނގުރާމައަކަށްފަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމަށްފަހު ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.
ޕާކިސްތާނާއި ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުން ވަނީ، އެތައް ދުވަހެއްގެ ސިފައިންގެ ހަރަކާތްތަކަށްފަހު އިންޑިއާއާއެކު ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން އިންޑިއާގެ ހާރިޖީ ވަޒީރު ޖަޔަޝަންކަރު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވެފައިވާކަން ހާމަކުރަށްވާފައެވެ.
މި ދެ ޤައުމުގެ ދެމެދު ސުލްހަކުރުމުގެ ވާހަކަތަކުގެ މައި މެދުވެރިއެއްގެ ދައުރު އަދާކުރީ އެމެރިކާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!