މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން، ދެހާހަށްވުރެ ގިނަ ދޫނި ރާއްޖެ އެތެރެކޮށްފައިވާ ކަމުގައި ދަނޑިވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުގައި ވިދާޅުވެފައި ވަނީ މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ރާއްޖެއަށް ޖުމްލަ 2105 ދޫނި އެތެރެކޮށްފައިވާ ކަމަށެވެ. އެއީ މުޅިޖުމްލަ ދޫނީގެ 13 ޝިޕްމެންޓެއްގައި ހިމެނޭ ދޫނި ކަމުގައި އެ ވުޒާރާއިން ވިދާޅުވިއެވެ.

Ad
rt

މިތަކެތީގެ ތެރެއިން ގަވައިދާއި އުސޫލުތަކާއި ހިލާފުވުމުގެ ސަބަބުން ފަސް ދޫނި ހިމެނޭ ޝިޕްމަންޓެއް ހިފަހައްޓާފައިވާ ކަމުގައި އެ ވުޒާރާއިން ވިދާޅުވިއެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ތަފާތު ބާވަތްތަކުގެ ދޫނީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނައިރު ގިނަ ބަޔަކު ޕެޓްގެ ގޮތުގައިވެސް ތަފާތު ބާވަތްތަކުގެ ދޫނި ގެންގުޅެއެވެ. އެ ހުރިހާ ދޫންޏަކީވެސް ރާއްޖެއިން ބޭރުން އެތެރެކުރާ ދޫނީގެ ބާވަތްތަކެވެ.

ދޫނި އެތެރެކުރާއިރު އަމަލުކުރަންޖެހޭ ވަކި ޤަވައިދާއި އުސޫލުތަކެއް ސަރުކާރުން އެކުލަވާލާފައިވީ ނަމަވެސް ގަވައިދާ ހިލާފަށް ދޫނި އެތެރެކުރާ މައްސަލަތައް ފާއިތުވި ތަނުގައި ވެސް ވަނީ ދޭތެރެ ދޭތެރެއިން ފެންމަތިވެފައެވެ.