ހއ. އިހަވަންދޫގައި 12 އަހަރުގެ ކުއްޖަކު ބަލިވެއިން ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ މީޑިއާ ގުރޫޕުގައި ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުން ބުނެފައިވަނީ، އިހަވަންދޫގައި މިފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމަށެވެ.

Ad
rt

"މިއީ ރަށުގެ ނަމަށް ހުތުރުވާގޮތަށް ފަތުރާފައިވާ ދޮގު މަޢުލޫމާތެއް"

މިކަމުގެ ކަންބޮޑުވުން ހިއްސާކުރަމުން އެރަށު މީހަކު ބުނެފައިވެއެވެ.

މި ދޮގު ޚަބަރު ފެތުރުމާ ގުޅިގެން އިހަވަންދޫގެ ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މިއީ ވަރަށް ހިތާމަވެރި ކަމެއް. އަޅުގަނޑުމެންގެ ރަށުގެ ނަމަށް ހުތުރުވާގޮތަށް މިފަދަ ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަން ޖެހޭ."

މިކަމުގެ ކަންބޮޑުވުން ހިއްސާކުރަމުން އެރަށު މީހަކު މީސްމިޑިއާގައި ބުނެފައިވެއެވެ.

މިފަދަ ޚަބަރުތައް ފެތުރުމުގެ ކުރިން އޭގެ ޞައްޙަކަން ކަށަވަރުކުރުމަށާއި، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އިތުރަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން މީގެކުރިންވެސް އިލްތިމާސްކޮށްފައިވެއެވެ.