ކުޅުދުއްފުށި ސިޓީ އަދި ހއ. ދިއްދޫގެ އައު ޕްރީފެބްރިކޭޓެޑް އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ޢިއުލާން ކޮށްފިއެވެ.
ފެނަކައިން ކުރި ޢިއުލާނެއްގައި ވަނީ އެކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް އަމިއްލަ ތަކެތީގައި ކުޅުދުއްފުށި ސިޓީ އަދި ހއ. ދިއްދޫ އައު ޕްރީފެބްރިކޭޓެޑް އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.
އެމަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތަކީ 4 ފެބްރުއަރީ އިން 10 ފެބްރުއަރީ 2020 އަށެވެ. އެމުއްދަތުގައި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ދީފައިވާ ގަޑިއަކީ އެދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށެވެ.
އެ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ދީފައިވާ އެންމެފަހު ތާރީޚަކީ، 21 ފެބްރުއަރީ 2020 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 އެވެ.
އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ހެނދުނު 13:00 އެވެ.
އެކުންފުނިންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެކުންފުނީގެ އިންޖީނުގޭތަށް އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އިންޖީނުގެ ގާއިމު ކުރެވިފައި ހުރި ސަރަޙައްދު ތަކުގެ ގޮތުން އާންމުންނަށް އުނދަގޫ ފޯރުމާއި، ޚިދުމަތް ދިނުމަށް ކުންފުންޏަށްވެސް ދިމާވާ ދަތިތައްފަދަ ސަބަބުތަކާހުރެ ހުރި ސަރަހައްދު ބަދަލު ކުރަން ބޭނުންވެ، ނުވެ ހުރި 26 ރަށެއްގެ އިންޖީނުގެތަށް ހުރި ސަރަޙައްދުތަކުން އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫޢު 2019 ވަނަ އަހަރުން ފެށިގެން އެކުންފުނިން އަންނަނީ ހިންގަމުންނެވެ.
މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި 2019 ވަނަ އަހަރުގެ އެކްސެލެންސް އިން ޔުޓިލިޓީ އެވޯޑް ފެނަކަ ވަނީ ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!