ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސްކްރީންޝޮޓަކީ ދޮގު އެއްޗެއްކަމަށް އެ އާއިލާގެ ޤާނޫނީ ވަކީލު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެއެވެ.

އާޒިމާ ޝަކޫރު މިފަދައިން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

މި ޕޯސްޓުގައި އާޒިމާ ވިދާޅުވެފައިވަނީ، އިއްޔެ ރޭ ހައްޔަރުކުރެވުނު ޕްރޮޓެސްޓަރަކާ ބެހޭގޮތުން ޔާސްމީން މުޙައްމަދު މުޢިއްޒުގެ އިންސްޓަގްރާމުން ކަމަށް ބުނެ ދައުރުވަމުންދާ ސްކްރީންޝޮޓަކީ ދޮގު އެއްޗެއް ކަމަށެވެ.

"އާއިލާއިން އެދެނީ މިކަމުގައި ބައިވެރިވާ ފަރާތްތަކުން ދޮގު މަޢުލޫމާތު ފެތުރުމާއި ރައްޔިތުން އޮޅުވާލުން ހުއްޓާލުމަށެވެ،" އާޒިމާ ވިދާޅުވިއެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފޭކް ސްކްރީންޝޮޓެއް ދައުރުކުރަމުންދާއިރު، ރައީސްގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން އިދިކޮޅުން އިސްވެ ފެތުރިވާހަކައާއި ގުޅިގެން ކޯޓުގައި އެ މައްސަލާގައި މިހާރު ވަނީ ދައުވާ އުފުލާފައެވެ.