ހއ. ބާރަށުގެ ފާލަންމަތީގައި އަމިއްލަ ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނެގުމަށް ބާރަށު ކައުންސިލުން އެދިއްޖެއެވެ.
ބާރަށު ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، ރަށުގެ ފާލަންމަތީގައި އަމިއްލަ ފަރާތްތަކުން އެއްޗެހި ބަހައްޓާފައިވާކަމަށް އިދާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މި ތަކެތި ނެގުމަށް ރައްޔިތުންގެ ފަރާތުން ކުރިންވެސް އެދިފައިވާކަމަށެވެ.
އެހެންނަމަވެސް، ބައެއް ތަކެތި ނަގައިފައިނުވާކަމަށާއި އިތުރަށް ތަކެތި ބަހައްޓާފައިވާކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
އެގޮތުން، މިހަރު ފާލަންމަތީގައި އަމިއްލަ ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި 03 މެއި 2025 ވާ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6 ޖެހުމުގެ ކުރިން އެ ފަރާތްތަކުން ތަކެތި ނެންގެވުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން ކައުންސިލުން ދީފައިވާ މުއްދަތުގެ ކުރިން ތަކެތި ބަހައްޓާފައިވާ ފަރާތްތަކުން އެ ތަކެތި ނުނަގައިފިނަމަ ކައުންސިލުން އެތަކެތި ނަގައި ނައްތާލާނެކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
އަދި ކައުންސިލުން އަންގާ މިފަދަ އެންގުންތަކަށް ރަށުގެ ރައްޔިިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަ ކޮށް ޝުކުރު ދަންނަވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!