ރާއްޖޭގެ އުތުރުގެ މައި ދޮރާށި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ފިޔަވަޅެއް އަދި އެޅިފައި ނުވާތީ ބައެއް މުވައްޒަފުންނާއި، އާންމުން ކަންބޮޑުވުން ފާޅުކުރަމުން އެބަ ދެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ހަފްތާއަކު އިންޑިއާގެ ޓްރެވެންޑްރަމްއަށް 2 ފްލައިޓް އަދި ކޮޗިންއަށް 3 ފްލައިޓް އޮޕަރޭޓް ކުރާ އެއަރޕޯޓެކެވެ.
އެއަރޕޯރޓްގައި މިހާތަނަށް ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާކަމަށް އެ އަރޕޯރޓުން ވާހަކަ ދެއްކި ބައެއް މުވައްޒަފުން ޔަޤީން ކޮށްދެއެވެ. ނަމަވެސް އިއްޔެ ކޮންމެވެސް ވަރަކަށް ފޭސް މާސްކް ގެނެސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
އިންޑިއާއިން އިއްޔެ ކޮރޯނާ ވައިރަސް ފެނިފައިވަނީ ހަނިމާދޫ މަގުން ދަތުރުކުރާ ޓްރެވެންޑްރަމާއި ކޮޗިން ނިސްބަތްވާ ކެރެލާ ސްޓޭޓުންނެވެ. އެ އަރޕޯރޓަކީ ގިނަ ޢަދަދަކަށް ފަތުރުވެރިންވެސް ބޭނުންކުރަމުންދާ އެއަރޕޯޓެކެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް މޯލްޑިވިއަނުން އެވްރެޖްކޮށް ދުވާލަކު 7 ފްލައިޓް އޮޕަރޭޓްކުރާ އެއަރޕޯޓެކެވެ.
އެވައިރަސްއަށް ސައްކުވާ ދިވެއްސަކު ރޭގައި ފެނި މިހާރު ކަރަންޓީނުކޮށް، ތަހުލީލުތައް ހަދަމުންދާއިރު ކޮރޯނާ ވައިރަސް ގިނަ ޤައުމުތަކެއްގައި ހަލުވިކަމާ އެކު ފެތުރެމުންދާތީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މުޅި ދުނިޔެއަށް ސިއްހީ އެމެޖެންސީ އިއުލާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!